2020 ގެ ބަޖެޓްގެ ތެރެއިން މުދައްރިސުނަށް މުސާރައާއި އިނާޔަތް އިތުރުކުރެވޭނެ- އެޑިއުކޭޝަން މިނިސްޓަރ

2020 ގެ ބަޖެޓްގެ ތެރެއިން މުދައްރިސުނަށް މުސާރައާއި އިނާޔަތް އިތުރުކުރެވޭނެކަމަށް ޚަބަރު ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޢާޢިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލައި ޕޭކޮމިޝަނަށް ހުށަހަޅައިފައިވާކަމަށް ވެސް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތި ޢަލީ ވިދާޅުވިއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުالله، ކުރައްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޕޭކޮމިޝަނަށް ހުށަހަޅައިފައިވާ މުސާރައިގެ އޮނިގަނޑު އެކުލަވާލައްވައިފައި ވަނީ ވަރަށް އިންސާފްވެރކޮށް ކަމަށެވެ. މިއޮނިގަނޑުގައި ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުންނާއި އަދި ތަޢުލީމީ ދާއިރާގައި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނޑިގަނޑު ހިމެނިފައިވާނެކަމަށް ވިދާޅުވިއެވެ. ވިހާވެސް އަވަހަށް އެކަން ހަމަޖެހިގެން ދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައާއި އިނާޔަތަށް ހެޔޮބަދަލެއް ގެނައުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދަކަށްވުމުން އެކަންވުމާމެދު އެއްވެސް ގޮތަކަށް ޝައްކު ނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުދައްރިސްކަމަށް ދަރިވަރުން ނުކުންނަކީ ކީވެތޯ ދާންދޫ ދާއިރާގެ މެމްބަރ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢައިޝަތު ޢަލީ ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ވަޒީފާ ޚިޔާރުކުރާއިރު ބަލާނީ އެކުދިން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ އަދި ރަނގަޅު އިނާޔަތްތަކާއި މުސާރައެއް ލިބޭ ވަޒީފާއެއް ޚިޔާރުކުރުމަށް ކަމަށެވެ. އެގޮތުން ބަލާއިރު މިހާރު މުދައްރިސުންގެ މުސާރައާއި މަސައްކަތު މާހައުލަކީވެސް ރަނގަޅު މުސާރައަކާއި މާހައުލެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.

"މުދައްރިސުންނަކީ ވަރަށް ބުރަ މަސައްކަތް ކުރާބައެއް. ދުވަހީ ގޮތެއްގައި ޖުމުލަކޮށް މުދައްރިސަކު 9 ގަޑީއިރާއި 12 ގަޑީއިރު މަސައްކަތުގައި ސްކޫލުތަކުގައި އެބަ ހޭދަކުރޭ. އަދި ސްކޫލު ނިމުމަށްފަހު ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށްޓަކައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ. އޭގެ އިތުރުން ރޭގަނޑުތަކާ ހަފަތާ ބަންދުތައް ހޭދަކުރަނީ އިތުރު ޙަރަކާތްތަކުގައި އެހެންވީމާ މުދައްރިސުންނަށް އެމީހުންގެ އާއިލާއެކު ހޭދަކޮށްލުމަށް ވަގުތުކޮޅެއްވެސް ނުލިބޭ. އެޙާލަތުގައި މަސައްކަތް ކުރާއިރު އެހާ ހިތްގައިމު މަސައްކަތަކަށް މުދައްރިސްކަން ހަޤީޤަތުގައި ނުވޭ" އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މުދައްރސުންނަކީ ހަމަކަނި ކިޔަވައިދޭ ބައެއް ނޫންކަމަށާއި އިދާރީ މަސައްކަތްތައްވެސް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތަށް މަސައްކަތްކުރާއިރު ބެލެނިވެރިންނާއި ސްކޫލުތަކުގެ ވެރިންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންވެސް ޓީޗަރުންނަށް ޕްރެޝަރތައް ކުރިމަތިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އާއިލާއާއެކު ރަށްރަށުގައި ތިބެގެން ކިޔެވޭނެ ފުރުޞަތުތައް މުދައްރިސުންނަށް ވަރަށް ހަނިކަން މިނިސްޓަރ ފާހަގަ ކުރެވިއެވެ. އެފުރުޞަތު ހޯދާ ނުދެވުންވުންވެސް އެއީ އަލަށް މުދައްރިސްކަމަށް ކުރިމަތިލާ ކުދިން މަދުވާނެކަމެއްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އުތުރުން މުޖްތަމަޢު މުދައްރިސުންނާ ދޭތެރޭގައި ދެކޭގޮތް ވެސް ކުރިއާޚިލާފަށް މިހާރު ތަފާތުވުންވެސް ފާހަގަ ކުރެއްވިއެވެ. ކުރީގައި މުދައްރިސްކަމަކީ ވަރަށް ޤަދަރުވެރި ވަޒިފާއެއްގެ ގޮތުގައި ދުށްކަމުގައި ވިއަސް މިހާރު އެހާ ޤަދަރުވެރި ވަޒީފާއެއްގެ ގޮތުގައި މުދައްރިސްކަން ނުދެކޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިކަންކަން ބަދަލުކުރެއްވުމަށް މަސައްކަތްތަކެއް ކުރެވުމުންދާކަން ފާހަގަ ކުރައްވާ އެކަންކަންމުގެ ތަފްޞީލް މަޖިލީހަށް ހާމަކޮށް ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.