މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށް މިފަހަރު ވެސް އެސްޓީއޯ

"މޯލްޑިވްސް ބިޒްނަސް އެވޯޑް2019" ގެ ޓައިޓްލް ސްޕޮންސަރަކަށް މިފަހަރު ވެސް އެސްޓީއޯ ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެހި އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ އެސްޓީއޯ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހެވެ. ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސް އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.