އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކުރައްވައިފައެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުالله ދީދީ، އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ވޯޓަށް އައްސަވާނީ ދެ ފަނޑިޔާރުންގެ މައްސަލަ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށްފަހުއެވެ. މި ދެރިޕޯރޓް މަޖިލީހަށް ހުށަހަޅާ ވޯޓަށް އައްސަވާނީ ވަކިންނެވެ. ފަނޑިޔާރަކު މަޤާމުން މަކިކުރުމަށް މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓް ލިބެންޖެހޭނެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމެޑީޕީގެ ސްޕަރ މެޖޯރިޓީ ލިބިފައިވާ މަޖިލީހެއްކަމުން އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ފުރިހަމަ ބާރު މިމަޖިލީހުގައި އޮންނާނެއެވެ. އެހެންކަމުން ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެމްޑީން ބޭނުންވާ ގޮތަށް ނިންމާލެވޭނެއެވެ.
ސުޕްރީމް ކޯރޓްގެ އެއްފަނޑިޔާރަކު ރައްޔިތުންގެ މަޖިލީހުން މިއަހަރު ވަނީ ވަކިކޮށްފައެވެ. އެފަނޑިޔާރު ވަކިކުރުމުގެ ބަހުސްގަޔާއި އެނޫން ވެސް ޖުޑިޝަރީއާއި ސްޕްރީމް ކޯރޓްގެ އެކި މައްސަލަ ތަކުގައި މިހާތަނަށް މަޖިލީހުގައި ކުރެވިފައިވާ ބަހުސް ތަކުގައި އެމްޑީޕީގެ މެމްބަރުން ވަނީ ސްޕްރީމް ކޯރޓްގައި ތިއްބެވި ބައެއް ފަނޑިޔާރުންނާ އިންޒާރު ދެއްވާ މަޤާމުން ވަކިކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމާއި މެދު ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށް ދެބޭފުޅުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެމެޑީޕީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމެޓީން ނިންމައިފައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުއާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވީ ދެމަސް ދުވަހަށް ސަސްޕެންޑްކުރުމަށްފަހުއެވެ. މިމައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނަކަމަށް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާތު ނެރުއްވި ބަޔާނެއްގައި ތުޙުމަތުކުރައްވައިފައި ވަނީ ޖޭއެސްސީން އަމަލުކުރަމުން އަންނަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ކަމަށެވެ. އަދި ފަނޑިޔާރަކު ނިންމި ނިންމުމާއި ގުޅިގެން އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.