ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ނެރުއްވި ރިޕޯޓު ޢާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާގުޅިގެން މަރުކޮމިޝަނުން އެކުލަވާލެއްވި ތަހުގީގު ރިޕޯޓު ސަރުކާރުން މިއަދު ރަސްމީކޮށް ޢާއްމުކޮށްފިއެވެ.

އަނިޔާވެރި ރަހުމް ކުޑަގޮތަކަށް އަފްރާޝީމް މަރާލައިފައިވަނީ 2012 ވަނަ އަހަރުގެ  އޮކްޓޫބަރުމަހުގެ ފުރަތަމަދުވެހުގެ ރޭގައެވެ.

މިއަދު ޢާއްމު ކުރި ރިޕޯޓަކީ އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމަށް މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އުފެއްދި  ކޮމިޝަނުން އެކުލަވާލި ރިޕޯޓެވެ. އެކޮމިޝަން ރައީސް އުފައްދަވައިފައިވަނީ 2018 ވަނަ އަހަރު ނޮވެމްބަރު 17 ގައެވެ.

އެކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަށް ކޮށްލި ރެއަށްފަހު އޮކްޓޯބަރ 2 ގައި ބަޔަ މާލެއިން ސޫދަނަށާއި ސޫރިއާއަށްފުރައިގެން ދިޔަކަމަށެވެ. އޭގެ ތެރޭގައި އެމައްސަލާގައި ތުހުމަތު ކުރެވުނު ގދ. ވާދޫ ޖަވާހިރުގޭ، ޖާދުﷲ އިބްރާހީމާއި މ. ހާދޫ، މުޙައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނޭ ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންކޮށް، މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށް ބުނެފައިވެއެވެ. އެރި ޕޯޓުގައި ބުނެފައިވަނީ ކުރިން ފެށިގެން ރާއްޖޭގައި ޖިހާދީ ފިކުރުޖަމާއަތްތައް ހިންގާ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބަންދުކުރީ މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ހ.ލޮބީ ހުސައިން ހުމާމުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވައިފައެވެ. އޭނާއާއެކު ބަންދުކުރީ ސަޓޯގެ މައްޗަށް ކުށް ސާބިތު ނުވުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އެހެންނަމަވެސް މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ވެސް ބުނެފައިވަނީ އެކަމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. މިހާރު އޭނާއަކީ ސަރުކާރު ކުންފުންޏެއްގެ އިސްމަގާމެއްގައި ހުރި މީހަކެވެ. އަދި ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ އޭނާއާ ގުޅުން އޮންނަ ކަމަށާއި އެފަދަ މީހުންނާއެކު ކެމްޕޭން ދަތުރުތަކުގައި ވެސް އޭނާ ބައިވެރިވަމުން އަންކަމަށް

މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.