ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޙާދިސާގެ ތަޙްޤީޤީ ރިޕޯޓް ކަމަބެހޭ މުއައްސަސާ ތަކަށް ފޮނުއްވައިފި

ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމްޢަލީ އަވަހާރާކޮލުމުގެ ހާދިސާގެ ތަޙްޤީޤީ ރިޕޯޓު ކަމާބެހޭ މުއައްސަސާތަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ފޮނުއްވައިފި އެވެ.

އަފްރާޝީމް ވަހާރާކޮލުމުގެ ހާދިސާގެ ތަހުޤީޤުކޮށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭގޭ މަރުތައް ތަހުޤީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، އެކުލަވާލި ރިޕޯރޓް ކަމާބެހޭ 5 މުއައްސަސާއަކަށް ވަނީ ފޮނުއްވައިފައެވެ. އެއީ ޕްރޮސެކިއުޓަރޖެނަރަލް އޮފީހާއި އެޓާނީޖެނަރަލް އޮފީހާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ފުލުހުންގެ އިދާރާއާއި ރައްޔިތުންގެ މަޖިލީހަށެވެ. ރިޔާސީ ކޮމިޝަނުން ތަޙްޤީޤް ނިންމައި ރިޕޯޓް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ދީނީ އިލްމުވެރިޔާ، އަފްރާޝިމް އަވަހާރަކޮށްލައިފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރ ފުރަތަމަ ދުވަހުގެރޭގައެވެ. އެރޭގައި ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭގެ ދަންވަރު 12:09 ހާއިރު އޭނާ ދިރިއުޅުއްވާ ގެ، ހ. ފުންވިލަށް ވަޑައިގަތް ވަގުތު އެގޭ ސިޑިކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީ ވަރަށް އަނިޔާވެރިކޮށެވެ.

 ޑރ. އަފްރާޝީމްޢަލީ އަވަރާކޮށްލުމުގެ ޙާދިސާގެ ރިޕޯރޓްގެ އިތުރުން ބަޤްލަދޭޝްގައި ޑޮކްޓަރކަން ކިޔަވަން ހުއްޓާ މަރުވި ރައުދާ އާޠިފްގެ މަރުގެ ރިޕޯރޓް ވެސް ކަމާބެހޭ މުޢައްސަސާތަކަށް މިހަފްތާގެތެރޭ ފޮނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ކަމާބެހޭ މުއައްސަސާތަކަށް ފޮނުއްވީ ޑރ. އަފްރާޝީމްޢަލީ އަވަހާރާކޮލުމުގެ ހާދިސާގެ ތަޙްޤީޤީ ރިޕޯޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.