އަފްރާޝީމްގެ މަރާގުޅުންހުރި މީހަކު ސަރުކާރުތެރޭ ހުރިކަމަށްވާނަމަ ފިޔަވަޅު އަޅާނަން: ރައީސް އޮފީސް

ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރާ ގުޅުންހުރި ފަރާތެއް ސަރުކާރުގައި ހުރިކަމަށްވާނަމަ ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން އެމީހަކާމެދު ޢަމަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެންވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ކުރިން ވެސް ތުހުމަތު ކުރެވިފައިވާ ހ. ހިކޯސްޓު، ޢަލީ ޝާން އެކަމުގައި ބައިވެރިވެފައިވާ ކަމަށް މަރުކޮމިޝަންގެ ރިޕޯޓުގައި ވެސް ބުނެފައިވާ ކަމަށް ވާހަކަ ދެކެވޭތީ އާފަތިހުން ސުވާލު ދެންނެވުމުންނެވެ.

މަރުކޮމިޝަންގެ "ރިޕޯޓު ދިރާސާކުރުމަށް ކަމާބެހޭ ފަރާތްތަކަށްވަނީ ހުށަހަޅާފައި. އެފަރާތްތަކުން އަންގާ ގޮތެއްގެ މަތީން އަމަލު ކުރަމުން ގެންދާނަން،" ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ޙަސަން އިސްލާމާޢީލް ވިދާޅުވިއެވެ.

ޢަލީ ޝާން އަކީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ދަޢުވާ ވެސް ކޮށްފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން އޭރުވަނީ ނިންމައިފިއެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވަނީ ހ. ލޮބީ، ޙުސައިން ހުމާމުގެ މައްޗަށެވެ. ޝަރުޢީ ތިން މަރުހަލާއިން ވެސް ވަނީ ހުމާމު މަރަން ޙުކުމް ކޮށްފައެވެ.

އޭނާ މިހާރު ހުރީ ގްރޭޓަރ މާލެ އިންޑްސްޓްރިއަލް ޒޯން ލިމިޓެޑުގެ އިސް މަގާމެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.