ޑރ. އަފްރާޝީމް މަރާލުމުގެ އަޑީގައި ތިބި މީހުން ހާމަކުރަނީ

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ މަރާލުމުގެ އަޑީގައި ތިބި މީހުންގެ ތަފްސީލު ހަފްތާއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް، ގޮތްނޭގޭ މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނު ސުޢޫދުވިދާޅުވެއްޖެ އެވެ. ސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ އަފްރާޝީމް މަރާލުމުގެ ބިރުވެރި ޢަމަލު ހިންގި މީހުންނާއި އެކަން ރޭވުމުގެ އަޑީގައި ތިބި މީހުންގެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފްޞީލް ހާމަކުރައްވާނެކަމަށް މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނު ސުޢޫދު ވިދާޅުވީ، ޑރ އަފްރާޝީމް މަރާލިތާ ހަތް އަހަރު ވީއިރުވެސް އެމައްސަލައިގެ ތަޙްޤީޤުންން ނަތީޖާއެއް ނުނެރެވި، އިންސާފު ލިބުން ލަސްވެފައިވާތީ، އާޢިލާއިން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ.

https://twitter.com/hsuood/status/1179336468956876803?s=20

ދިނީ ޢިލްމުވެރިޔާ ޑރ އަފްރާޝީމްޢަލީ މަރާލި މައްސަލައިގެ ތަޙްޤީޤުގެ ދެހަފްތާތެރޭގައި ނިންމައިލެވޭނެކަމަށް ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން މިދިޔަ އޯގަސްޓްމަސް ތެރޭގައި ވެސް ވަނީ ވިދާޅުވެފައެވެ. އެކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު އޭރު ވިދާޅުވީ، ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ވެސް ވަރަށް ބޮޑުބައި ވަނީ ނިމިފައި ކަމުގައެވެ. ޑރ. އަފްރާޝީމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހު، އޭނާ ދިރިއުޅުނު ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.