ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފި

ތިން މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފިއެވެ.

ސާޅީސް ފޫޓުގެ އެދޯންޏަކީ ކ. ހިންމަފުށިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ދޯންޏެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދޯނި އަރައިފައިވަނީ ކަނޑުއޮތްގިރި ކައިރީގައި އޮންނަ ފަރަކަށް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ. "ނިޔާމަ" ދޯނި ފަރަށް އެރިކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 7:14 އެހައިކަންހާއިރު ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޙާދިސާ ހިނގިއިރު ދޯނީގައި ތިބި ތިން މީހުންގެ ތެރެއިން 2 މީހުންނަކީ ބިދޭސީންނެވެ. ދެން ހުރީ ދިވެއްސެކެވެ. ބެލެވޭ ގޮތުގައި އެއީ ދޯނީގޭ ކެޕްޓަނެވެ.  އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޢާޒިމް ވިދާޅުވީ ކޯސްޓު ގާޑުގެ ޑައިވަރުންގެ ޓީމަކުން މިހާރު ގެންދަނީ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.