އުނިޔަ ލޯންޗުގެ ޖަނަރޭޓަރ ރޫމުގައި އަލިފާން ރޯވެއްޖެ

އެމްޓީސީސީން ފެރީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ "އުނިޔަ" ލޯންޗުގެ ޖަނަރެޓަރ ރޫމުގައި އަނިފާނުގެ ޙާދިސާއެއް މިއަދު ހިނގައިފިއެވެ.

އެމްއެންޑއެފުން ވިދާޅުވި އެ ލޯންޗުގެ ޖަނަރޭޓަރ ރޫމުގައި މިއަދު ރޯވީ ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އޮއްވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު 1:30 ގައި އެހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުމުން ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވަން އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ހާދިސާގައި ލޯންޗަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.