ރާޅާއަޅަން އުޅުނު ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

މާލެއަތޮޅު ތަނބުރުދޫ ރާޅާއަޅާ ސަރަހައްދުގައި ރާޅާއަޅަން އުޅުނު 21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އޭނާ ފެނިފައިވަނީ ތަނބުރުދޫ އިރުމަތީ ގޮނޑުދޮށުން ކަމަށެވެ. އޭނާ ފެނުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑު ސިފައިންވަނީ އޭނާއަށް ސިއްހީ ފަރުވާ ދީފައެވެ. އަދި އިތުރުފަރުވާއަށްވަނީ މާލޭ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 4:57 އެހައިކަންހާއިރުއެވެ. އޭނާ ރާޅާއަޅަން ގޮސްފައިވަނީ ހަވީރު 4:00 ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޭނާވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ އަބެހޭ އިތުރ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.