މާޅޮހު މެޖިސްޓްރޭޓު ކޯޓުގެ ތިޖޫރި ވަގަށް ނަގައިފި

ސ. ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުގެ ތިޖޫރި ވަގަށް ނަގައި އެއްލާލައިފައި: ފައިލް ފޮޓޯ ޕޮލިސް

ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި، އެ ކޯޓުގެ ތިޖޫރިއާއި ލެޕްޓޮޕެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެކޯޓު ފަޅާލައި ތިޖޫރިއާއި ލެޕްޓޮޕް ވަގަށް ނަގާފައވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންނެވީ މިއަދު ހެނދުނު 11:20 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ތިޖޫރީގައި 600 ރުފިޔާހުރި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވާ ކަށެވެ.

ފުލުހުން މިހާރު ގެންދަވަނީ އެމައްސަލަ އިތުރަށް ބައްލަވަމުން ކަމަށެވެ. މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.