މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވައިފިއެވެ. ހޯމަ ދުވަހު ހަވީރު ބޭއްވި އިންތިޚާބުގައި ވަނީ މީޑިއާއިން ހަ ބޭފުޅަކު ހޮވައިފައެވެ. ހަތް ވަނައަށް ހޮވި ވަޑައިގަތް ދެ ބޭފުޅުންގެ ވޯޓު އެއްވަރު ވުމުގެ ސަބަބުން ވަނީ އެ ދެ ބޭފުޅުންގެ މެދުގައި ވަކިން ވޯޓު ލާން ޖެހިފައެވެ.

މީޑިއާއިން ހޮވިވަޑައިގަތް ހަ ބޭފުޅުންނަކީ ވީމިޑިއާގެ އަޙްމަދު ރިފާޢު (69 ވޯޓު) އާއި، ސަން މީޑިއާއިން އަޙްމަދު މުޖުތަބާ (57 ވޯޓު) އާއި، ޕަބްލިކް ސަރވިސް މީޑިއާއިން ފަޔާޒް ޔޫސުފު (55 ވޯޓު) އާއި، ބަހުރު މަޖައްލާއިން ޢަބްދުލްމުޢީދު ޙަސަން (44 ވޯޓު) އާއި، ވީއެފްޕީން މިޞްބާޙް ޢައްބާސް (41 ވޯޓު) އާއި، އަސްދަނޑި މަޖައްލާއިން ޙަސަން ޝާކިރު މުޙައްމަދު (41 ވޯޓު) އެވެ. ހަތް ވަނައިގައި ވޯޓު އެއްވަރުވީ ހިތާދޫ އޮންލައިންގެ އަޙްމަދު އާޒިފާއި، މިހާރު ނޫހުގެ މުޙައްމަދު ޙަމްދޫނާ ދެ ބޭފުޅުންގެ މެދުގައެވެ. ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 40 ވޯޓެވެ. މި ދެބޭފުޅުންގެ މެދުގައި ވޯޓު ލާނޭ ދުވަހެއް ފަހުން އިޢުލާނު ކުރާނެއެވެ.

އަމިއްލަ ގޮތުން ކުރިމަތި ލެއްވި ބޭފުޅުންގެ މެދުގައި ވޯޓު ލައިގެން ހޮވިވަޑައިގަތީ އަޙްމަދު ޢަބީރު އިސްމާޢީލް، ދަފްތަރު ރސ 8946 (81 ވޯޓު) އާއި، ޝައުފާ ޙުސައިން، ފެހިމާގެ، ސ. މަރަދޫ (74 ވޯޓު) އާއި، މުޙައްމަދު ޢާޒިމް ޢަބްދުލްހާދީ، މއ. ކެކުރި (73 ވޯޓު) އާއި، އަންވަރު އިބްރާހީމް، މަންޒިލް، ބ. ތުޅާދޫ (62 ވޯޓު) އާއި، އަސްޢަދު ޝަރީފު، މއ. ލޮޓަސް (45 ވޯޓު) އާއި، މަރިޔަމް ޚަލީލު، އަލިފަރުދާގެ، ގއ. މާމެންދޫ (39 ވޯޓު) އެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.