ކެންސަރ ސްކްރީން ޕްރޮގްރާމެއް އެޗުއާރުއެޗުގައި ހިންގަނީ

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގުޅިގެން ކެންސަރ ސްކްރީނިން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

އެޗުއާރުއެޗުން ވިދާޅުވީ މި ޕްރޮގްރާމް އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ސްކްރީން ކުރުމަށް އެޕޮއިންޓްމެންޓް ހަދަންޖެހެއެވެ. ރެއިން ފެށިގެންވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އަނގައިގެ ކެންސަރާއި،  އުރަމަތީ ކެންސަރާއި، ރަހިމުގެ ދޮރަށްޖެހޭ ކެންސަރެވެ. މީގެ ކުރިންވެސް އެޗުއާރުއެޗުގައި ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.