ނިލަންދޫ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި

އެމްޑީ ސައީދާއި މެމްބަރ ޔައުގޫބު، ނިލަންދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވަނީ: ފޮޓޯ ފެނަކަ

ގއ. ނިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

އެމްޑީ އަހުމަދު ސައީދު މުހައްމަދު

އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުގޫބު އަބްދުﷲ އެވެ.

ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބު އަބްދުﷲ

އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ އާއި ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހީމް ވާހަކަ ދެއްކެވިއެވެ.

މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ. ފެނަކައިން ވަނީ މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައެއެވެ

ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބުރާހީމް

އެކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ތަފާތު އެކިރަށްރަށަށް 53 އަށްވުރެ ގިނަ ޖަނަރޭޓަރު ފޯރުކޮށްދީފައެވެ. ފައިސާއިން ބަލާނަމަ އެއީ 150 މިލިއަން ރުފިޔާއަށްވުރެ އިތުރު ޢަދަދެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.