ފުނަދޫ ރައްޔިތުން 36 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހިންގުން ފެނަކަ އާ ހަވާލުކޮށްފި

ށ. ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި ނިންމުން އެރަށުގެ ރައްޔިތުން ނިންމާފައިވަނީ އެ ކުންފުނިން ރަށްރަށުގައި ދެމުން ގެންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ކަމަށެވެ.

ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންގިލާބީ ބަދަލު ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެރަށަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖަނަރޭޓަރު މިހާރު ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.