މެމްބަރު ތޯރިގުގެ ނަން އިއްވައިފި

ތަކުރާރުކޮށް މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާތީ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގު މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ރިޔާސަތުން ނަން އިއްވައިފިއެވެ.

ތޯރިގުގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު އިއްވެވީ މަޖިލީހުގައި އިދިކޮޅު މެމްބަރުން ތަކުރާރުކޮށް އަޑުގަދަ ކުރައްވައި މެމްބަރުންގެ ވާހަކަފުޅު ކުރިޔަށް ގެންދަން ދަތިވުމުންނެވެ. އިދިކޮޅު މެމްބަރުންގެ ތެރެއިންވެސް ޚާއްސަކޮށް ތޯރިގް އަޑުގަދަ ކުރައްވައި ހައްދަވާތީ މަޖިލީހުގެ ރައީސް ވަނީ ތޯރިގް އެގޮތަށް އަމަލު ނުކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ނަމަވެސް ތޯރިގް ވަނީ އެ އަޑު ނާއްސަވައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު މަޖިލީހުގެ ރައީސް ވަނީ ތޯރިގްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް އިދިކޮޅު މެމްބަރުންނަށް ނަސޭހަތް ދެއްވަމުން މިއަދު ގެންދަވައެވެ. އެގޮތުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދުވެސް ދެން އިތުރަށް އަޑުގަދަ ކުރައްވާނަމަ ނަން އިއްވާނެ ކަމަށް މަޖިލީހުގެ ރައީސް ދާދި ދެންމެއަކު ވަނީ ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.