ފެނަކައިން ފުޓުސަލް މުބާރާތެއް ފަށައިފި

ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމު ކޮށްގެން ބޮޑު ފުޓުސަލް މުބާރާތެއް ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ގޮފިތައް ހިމެނޭ އަތޮޅުތަކަށް ހުޅުވާލައިގެ ކޮންމެ އަތޮޅެއްގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ބާއްވަނީ "އެފްއާރުސީ ޒޯން ފުޓްސަލް" ގެ ނަމުގައެވެ. މި މުބާރާތް މިހާރުވަނީ އައްޑޫ އަދި

ފުވައްމުލަކު ޒޯންގައި ފަށައިފިއެވެ. މި ޒޯންގައި 7 ޓީމު ވާދަކުރެއެވެ. މި މުބާރާތުގައި އެކުންފުނީގެ 154 ބުރާންޗުން ޓީމުތައް ވާދަކުރާނެއެވެ. މިޒޯނަށްފަހު ދެން ފަށާނީ ފ. އަދި ދ. އަތޮޅު ޒޯނުގައވެ. ޖުމްލަ 10 ޒޯނެއްގައި މުބާރާތް ކުޅޭނެއެވެ. އިނާމް ދޭނީ ކޮންމެ ޒޯނަކަށް ވަކީންނެވެ.

މިއީ ފެނަކަ ކުންފުނީގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ސަޢީދު އަހުމަދުގެ އިސްނެންގެވުމަށް ބާއްވާ މުބާރާތެކެވެ. މުބާރާތް ފަށްޓަވައި މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލްގެ އިތުރުން 7000 ރުފިޔާ ލިބޭނެއެވެ.ރަނަރަޕް ޓީމަކަށް 3000 ރުފިޔާ ލިބޭނެއެވެ. ފެއާޕްލޭ ޓީމަށް 1000 ރުފިޔާ ލިބޭނެއެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސް ހޮވާނެއެވެ.

މި މުބާރާތުގެ ބޭނުމަކީ ފެނަކަ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.