ކުރިއަށް އޮތް ދައުރުގައި ރައީސްގެ މަގާމަށް ރައީސް ސާލިހު ނުގެނައުމަކީ އެންމެބޮޑު ހިތާމަ: ސައީދު

ރައީސް ސޯލިހަކީ ކަޑަޖަހައި ބޭފުޅެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރައީސް ސާލިހަށް ކުރަން އެންމެ ފަރިތަ ކަމަކީ މަޝްރޫއުތައް ނިންމައި, އެކަމުގެ ރިބަން ކެނޑުން ކަމަށެވެ. އަދި އެއީ ހުޅަނގަށް ކަނޑަޖަހައި އިރުވައަށް ދިޔަދޮވި އަޅައި ތޮަށަލި އަޅައި ބޭފުޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން މާލޭ ރައްޔިތުންގެ އިހުސާސްތައް ދެނެގަތް ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު ކަމަށާއި ކުޑަގިރިއަކީ އަންނަން އޮތް ޖީލަށްވެސް އުފާވެރިކަމުގެ ނިއުމަތެއް ކަމަށާއި އެ ރަށަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލުއި ގޮތްތައް ގާއިމުކުރެވޭނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދީގެން ކަމަށެވެ.

ރައީސް ސާލިހު އެކަހެރި ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް ދައުރުގައި ރައީސް ސާލިހު ފަދަ ރައީސެއް ނުގެނައުމަކީ އަޅުގަނޑުމެން ލިބޭނެ އެންމެ ބޮޑު ހިތާމަ ކަމަށްވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.