އިންފޮމޭޝަން ކޮމިޝަނަރ ގެ މަގާމަށް ޙުސައިން ފިޔާޒު އައްޔަންކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިނަރަކަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވާ ޙުސައިން ފިޔާޒު މޫސާ އެމަޤާމަށް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަޤާމަށް އޭނާ އައްޔަން ކުރައްވައި މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހެވެ.

ފިޔާޒު އެމަޤާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 72 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ފިޔާޒަކީ ނޫސްވެރިކަމުގެ ދާއިރާގައި 18 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާވަނީ މާސްކޮމިޔުނިކޭޝަން އިން މެލޭޝީޔާގައި ޑިގްރީއެއް ޙާސް ކުރައްވައިފައެވެ.

ފިޔާޒުވަނީ މިއަދު ނޫހާއި، އާފަތިސް ނޫހާއި، ކުރީގެ ހަވީރު ނޫހުގައި މަސައްކަތް ކުރައްވައިފައެވެ. އެންމެފަހުން އޭނާ ހުންނެވީ ރާއްޖެޓީވީގެ ސީއޯއޯގެ މަޤާމުގައެވެ.

ފިޔާޒަށްވުރެ ކުރިން އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. ފިޔާ އެމަޤާމަށް އައްޔަން ކުރެއްވީ ޢަޒީގެ ދައުރު ހަމަވުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.