އިންފޮމޭޝަން ކޮމިޝަނަރ އައްޔަން ކުރުމަށް ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް

ފޮޓޯ: ރައިސް އޮފީސް

އިން ފޮމޭޝަން ކޮމިޝަނަރ އައްޔަން ކުރުމަށް ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމަހޫރިއްޔާ ފޮނުއްވައިފިއެވެ.

މަޖިލީހަށް ފޮނުއްވި ހަތަރު ނަންފުޅުންނަކީ:-

1-    ހުސައިން ފިޔާޒު މުސާ / އަތަމާގެ ތ. ވިލުފުށި

2-    އަޙްމަދު ފަޔާޒު ޙަސަން/ މ. ހަޒާރީވިލާ

3-    އަލްއުސްތާޒު އަޙްމަދު އާހިދު ރަޝީދު / ހ ގުރުވަ

4-    އަލްއުސްތާޒާ ފާތުމަތު ސައުޝަން/ މ. ވެންކުއާ

އިންފޮމޭޝަން ކޮމިޝަނަރ މަޤާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވި ހަތަރު ނަންފުޅަކީ އެކަމަށް އާއްމުކޮށް އިޢްލާން ކުރުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅުންނެވެ. އެކަމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންގެ މަޢުލޫމާތުވެސް މި ހަތަރު ބޭފުޅުންގެ ނަމާއެކު ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. ނުވަ ބޭފުޅަކު މިކަމަށް ވަނީ ކުރިމަތި ލައްވައިފައެވެ.  ކުރިން އިންފޮމޭޝަން ކޮމިޝަނަރ ކަމުގައި ހުންނެވި ޢަބްދުލް އާޒިޒު ޖަމާލުގެ ޤާމުގެ މުއްދަތު ހަމަވެ މިމަހު 22 ވަނަ ދުވަހު އެ މަޤާމު ވަނީ ހުސްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ހުޞައިން ފިޔާޒު މޫސާއަކީ ކުރިން ރާއްޖެ ޓީވީގެ ސީއީއޯގެ މަޤާމުގައި ހުންނެވި ރާއްޖޭގެ ތަޖުރިބާ ކާރު ނޫސްވެރިއެކެވެ. އަޙަމަދު ފަޔާޒަކީ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އާޙިދް މަސައްކަތް ކުރައްވަނީ ޓްރާންސްޕޭރެންސީ މޯޅްޑިވްސަް ގައެވެ. އަދި ފާތުމަތު ސައުޝަން އަކީ އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގައު ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.