އެމްޑީއެންއަށް ފިޔަވަޅު ނޭޅުމަކީ ޤައުމިއްޔަތަށް އޮތް ނުރައްކަލެއް: ޑރ. ޖަމީލް

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓް ވޯޓް (އެމްޑީއެން) އާ މެދު ސަރުކާރުން ފިޔަވަޅު ނޭޅުމަކީ ޤައުމިއްޔަތަށްއޮތް ނުރައްކަލެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެމީހުންނަށް ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އެޖަމިއްޔާއާ މެދު ފިޔަވަޅު ނޭޅެންވީ ސަބަބެއްނެތް ކަމަށެވެ. " އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެ ނުބައި ޢަމަލުކުރި ފަރާތްތަކަށް ހިއްވަރު ލިބިގެން ހިނގައްޖެ. ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވެފައިވެއެވެ.

ޤާނޫނީ ކުށަކަށް ޒިންމާކުރުވުން ލަސްވުމަކީ މިޒާތުގެ ޢަމަލުތައް ފެތުރުމުގެ ބިރުއޮތް ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ޤާނޫނީ ކުށަކަށް ޒިންމާ ކުރުވުން ލަސްވުމުން މި ޒާތުގެ ލާދީނީ ޢަމަލްތައް ފެތުރުމުގެ ބިރު ބޮޑު. މިއީ ޤައުމިއްޔަތަށް އޮތް ނުރައްކަލެއް،" ޖަމީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.