އުދައަރާފާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނަށް ވައިޓު އެލާޓު ނެރެފި

ރާއްޖޭގެ މެދުތެރެއަށާއި ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް ބުނެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސްވިސް އިން ވައިޓު އެލާޓު ނެރެފިއެވެ.

އޮކޯޓޯބަރު 27 ވަނަ ދުވަހު ވެސް ވަނީ އައްޑޫސިޓީގެ ބައެއް އަވަށްތަކަށް އުދައަރައިފައެވެ.

ރާއްޖޭގެ ޢާއްމު މޫސުމަށްބަލާއިރު އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.

 ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.