ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 11:30 އިން ފެށިގެން ހަވީރު 16:30 އަށެވެ.
އެލާޓުގައި ބުނެފައިވަނީ މިސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
މިސަރަހައްދަށް ވައި ގަދަވާނެ ކަމަކަށް ލަފާ ނުކުރެވުނަސް ވިލާގަނޑުގައި 7 މޭލާ 9 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން މެދުރާއްޖެ ތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.