ހަ ސަތޭކަ ބަޔާޅީސް ބަނގުރާ ފުޅި ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން،

ހއ. އަތޮޅާއި ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގެގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  އިއްޔެ ނައްތާލައިފިއެވެ. އިއްޔެ ނައްތާލައިފައިވަނީ އެކި ކަންކަމާ ގުޅިގެން އެކިދުވަސް މަތީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާއެވެ. 642 ފުޅި ބަނގުރާއި، 5 ބިޔަރު ނައްތާލައިފައިވަނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

އެއީ  އެކިދުވަސް މަތިން، ހދ. ހަނިމާދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ހއ. ދިއްދޫގައި ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.