އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް (ޑީޑީ) ބަންދު ކޮށްފި ކަމަށް ފަތުރަމުންދާ ޚަބަރު ފުލުހުން މިރޭ ދޮގުކޮށްފިއެވެ.
"އަބްދުﷲ އިބްރާހީމް ބަންދު ކޮށްފައިވާ ކަމަށް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއްނެތް ދޮގު މައުލޫމާތެއް. އޭނާ ހައްޔަރެއް ނުކުރޭ،" ފުލުހުންގެ މީޑިއާގެ ބޭފުޅަކު ވިދާޅުވިއެވެ.
ޑީޑީއަކީ ފުލުހުންގެ އެސްއޯ ޓީމުގެ ކުރީގެ ކޮމާންޑަރެއްވެސް މެއެވެ. މިހާރުވެސް އޭނާ ހުންނެވީ ފުލުހުންގެ ވާޒީފާގައެވެ. އޭނާ ބަންދުކުރިކަމަށް އަޑުތައް ފެތުރިގެންދިޔައީ އެސްއޯގެ ފުލުހުންތަކެއް ބަންދުކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑި ވަޅެއްގައެވެ. ފުލުހުންގެ އިތުރަށް ސިފައިންވެސް ބަންދުކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.