ދިނަޝަ ބޯޓުން ކަނޑަށް ދޫކޮށްލި ބައެއް ސާމާނު އޮޔާއެބަދޭ، ސަމާލުވޭ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ދިނަޝަ" ބޯޓް ދިޔަވުމާ ގުޅިގެން އެ ބޯޓުން ކަނޑަށް ދޫކޮށްލާފައިވާ ބައެއް ތަކެތި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލު ވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

މ.އަތޮޅު ކުރެލި ކަނޑުގެ ސަރަޙައްދުން "ދިނަޝަ" ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:40 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ.

އެ ލޯންޗު އެސަރަޙައްދަށް ގޮސްވަނީ އެބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އެހީތެރި ކަމާއެކު އެ ބޯޓުވަނީ މ.ކޮޅުފުއްޓަށް ގޮސްފައެވެ. 7 މީހުންނާއެކު ދަތުރުކުރި އެ ބޯޓް ދިޔަވުމާ ގުޅިގެން 30 ވަރަކަށް ގޭސްފުޅިއާއި 100 ފެންކޭސް ވަނީ ކަނޑަށް ދޫކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

-މަޢުލޫމާތު އެމްއެންޑީއެފް

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.