ފީނަން އުޅުނު މަސްވެރިއަކު ޑިކޯވެގެން އަވަސް ފަރުވާއަށް  ގައްދުއަށް ގެންގޮސްފި

 ފުޅި އަޅައިގެން ފީނަން އުޅުނު މަސްވެރިއަކު ޑިކޯވެގެން އަވަސް ފަރުވާއަށް ގދ. ގައްދުއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެއީ މަސްވެރިކަމަށް ނިކުމެ އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފީނަން ފައިބައި އުޅުން ދިވެއްސެއް ކަމަށެވެ.

ހަތާވީސް އަހަރުގެ އެމީހާ ޑިކޯވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފުގެ އެހީތެރިކަމާއެކު ގައްދުއަށް ގެންދިޔައީ މިއަދު ހެނދުނު 10:50 އެހައިކަންހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:20 އެހައިކަންހާއިރު ކަމަށެވެ.

ޑައިވިނަށް ދިޔަ ޓޫރިސްޓަކު ވެސް އިއްޔެވަނީ މަރުވެފައެވެ. ފުލުހުން ވިދާޅުވީ، އިއްޔެ ހެނދުނު 9:30 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މަރުވެފައިވަނީ 69 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއަކީ ކޮން ރިސޯޓެއްގެ ފަތުރުވެރިއެއް ކަމެއް ނުވަތަ އޭނާ ޑައިވިން އަށް ދިޔައީ ސަފާރީއަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.