ހއ. ގައި ހެރިޓޭޖު ސަރވޭއެއް ކުރަނީ

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކުގައި ހެރިޓޭޖު ސަރވޭކުރުމަށް ސަގާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުގެ ޓީމެއް މިއަދު އެއަތޮޅަށް ފުރާނެއެވެ.

އެއަތޮޅުގެ ރަށްރަށުގައި ހިންގަން ހަމަޖެހިފައިވާ މޯލްޑިވްސް ހެރިޓޭޖް ސަރވޭއަކީ އޮކްސްފޯޑް ޔުނިވަރސިޓީގެ ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒް އިން ހެރިޓޭޖު ޑީޕާޓުމެންޓާ ގުޅިގެން އާކެޑީއާ ފަންޑުން ޚަރަދުކޮށްގެން ހިންގާ ސަރވޭއެކެވެ.

މިފަދަ ސަރޭވޭއެއް ވަނީ އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އެ މަސައްކަތް ސަރވޭޓީމުން ނިންމާލީ ތިންމަސް ދުވަހުގެ ތެރޭގައެވެ. އެމަސައްކަތުގައި 21 ރަށަކާއި، 2655 މަހާނަގަލާއި، 377 ބިނާ އަދި 31 އާސާރީ ތަކެތީގެ ސަރވޭ ކޮށްފައިވެއެވެ. މިއީ ރާއްޖޭގައިހުރި އާސާރީތަންތަނަނާއި ތަކެތި ސާވޭކޮށް ދެނެގަތުމަށް ހިންގާ މަޝްރޫޢެކެވެ.

ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އާސާރީތަންތަން ކަމަށް އެރަށްރަށުގެ މީހުންބަލާ ތަންތަން އެބަހުއްޓެވެ. އެފަދަ ތަންތަންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާނުލާކަމުގެ ޝަކުވާ ބައެއް ރަށްރަށުންދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.