ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފި

ހުޅުމާލޭގެ ޢިމާރާތެއްގައި ބަޔަކު ފޮރުވާފައިހުރި މަސްތުވާތަކެތި ރޭ ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިތަކެތި ހޯދައިފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. ޢިމާރާތެއްގެ ތިންވަނަ ބުރިން އެތަކެތި ހޯދައިފައިވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި، އިންޓަރލިޖެންސާއި، ސްޕެޝަލް އޮޕަރޭޝަންސް ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައިވަނީ މަސްތުވާތަކެތި އަޅައިފައިހުރި ޖޫސްޕެޓީ 4 ކޮތަޅާއި، ހަތް ފުޅިއާއި 11 ބުލެޓު ހޯދައިފައެވެ. އެތަކެތި ބަހައްޓާފައިވާ ބައިގައި މީހުން ނޫޅޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.