ބަނގުރާ އުފައްދައި ވިޔަފާރި ކުރަމުންދިޔަ އަށް ބިދޭސީއަކު ބަންދުކޮށްފި

ފުލުހުން މިރޭ އަތުލައިގަތް ބަނގުރާ: ފޮޓޯ ޕޮލިސް

ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރަމުންދިޔަ އަށް ބިދޭސީއަކު މާލޭގެ ގެއަކުން މިރޭ ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމީހުން އަތުލައިގެންފައިވަނީ މައްޗަށްގޮޅީގެ ގެއަކުންނެވެ. އެގޭގައި އުޅޭ ބަޔަކު "ބަނގުރާ އުފައްދައި، ބަނގުރާގެ ވިޔާފާރި ފުޅާދާއިރާއެއްގައިކޮށް އަދި ބަނގުރާ ބޭނުންކުރާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓީމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި 8 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަނުގައި އެގެއިން ވަނީ 500 އެމްއެލްގެ 888 އަށް ބަނގުރާ ފުޅިއާއި، 5 ލިޓަރުގެ 6 ފުޅިއާއި، 14 ޓައްޕު ހޯދައިފައެވެ. މި މައްސަލާގައި ބަންދުކޮށްފައިވަނީ 21 އަހަރާއި، 33 އަހަރާ ދެމެދުގެ 8 ބިދޭސީންނެވެ. އެމީހުނަކީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ބަލަމުންނެވެ.

 

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.