ރާއްޖޭގެ ދާޚިލީ ސަލާމަތަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތެއް ނުދޭނަން: ހޯމް މިނިސްޓަރ

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިރާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދޭނަން،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދަވާނެ ކަމަށެވެ.

މިނިސްޓަރ މިހެންވީދާޅުވީ ހުޅުމާލޭގައި ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހަކަށް ރޭ ހަމަލާދީ ޒަޚަމްކޮށްފައިވާ ވަގުތެއްގައެވެ. އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބުނެ ބަޔަކުމީހުންވަނީ އޭގެ ޒިންމާ ނަގައި ވީޑިއޯއެއް އާއްމުކޮށްފައެވެ.

ފުލުހުން ވިދާޅުވީ އެ ވީޑިއޯގެ ސައްހަކަން ބަލަމުންދާ ކަމަށެވެ. އަދި ރޭގެ ހަމަލާ ވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.