ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ލ. ލިންކު ރޯޑުގައި މީހަކު ދުއްވާފައި ދަނީ: ފޮޓޯ ސޯޝަލް މީޑިއާ

ލ. އަތޮޅު ލިންކު ރޯޑުގައި މިއަދު ހެނދުނު ހިނި އެކްސިޑެންޓެއްގައި 49 އަހަރުގެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް އަނިޔާވެފައިވަނީ އޭނާ ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުން އައި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. މިއަދު ހެނދުނު 9:50 އެހައިކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ ޢުމުރުން 65 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުން އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. އެކްސިޑެންޓު ހިނގާފައިވަނީ ލިންކު ރޯޑުގެ ކުރިހިންނަ ސަރަޙައްދު ގައެވެ. އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަމުން ދިޔައީ އުތުރުން ދެކުނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.