"މަޖިލީހުން ފާސް ނުކޮށް ފީއާއި ޓެކުސް ނުނެގޭނެ." – މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ފީއެއް ނުވަތަ ޓެކުހެއްގެ ވާހަކަ ނެތިއްޔާ ގަވާއިދެއްގެ ދަށުން ފީއެއް ނުވަތަ ޓެކުހެއް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ --- ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށް ދާ ޖަލްސާގައި ބަޖެޓާ މެދު ވާހަކަފުޅު ދައްކަވްމުން ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުތައް ތަން ދެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ފީއާއި ޓެކުސް ނަގާށެވެ. އެހެންވީމާ އެ ނޫން ގޮތަކަށް އެފަދަ އެއްޗެއް ރައްޔިތުންގެ އަތުން ނަގާއިރު މި ކުރެވެނީ ކޮން ކަހަލަ ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާން ހުށަހަޅާފައި އޮތް އޮތުމާ ދެކޮޅު ހައްދަވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ޖެހޭ ބުރައަކަށް ވާތީ އެކަން ނުކުރުން ރަނގަޅު ކަމަށް އިޝާރާތް ކުރެއްވިއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުން ނަގާ ފީއާމެދުވެސް އޭނާ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މާލެ ކަހަލަ މަގުތައް ހަދާފައިވާ ރަށެއްގައި އުޅަނދު ފަހަރުން ނަގާ ފީ އާއި މަގު ނަހަދާ އޮންނަ ކުޑަ ރަށެއްގައި ދުއްވާ އުޅަނދަކުން ނަގާ ފީ، އެއް ހަމައެއްގައި އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަހަމަ ކަމަކީ އެއް ގޮތް ހާލަތެއްގައި ތިބޭ ބަޔަކު ހަމަހަމަ ކުރުން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.