ފަތުރުވެރިން ބަލަން އަންނަވަރުގެ ފުޓްބޯޅަ މެޗެއް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޢީދުގައި ބާއްވަނީ

ޓޫރިޒަމް މިނިސްޓަރ ޢަލި ވަހީދު: ފޮޓޯ ޓުއަރިޒަމް މިނިސްޓްރީ

މަޝްހޫރު ފުޓްބޯޅަ ތަރިންނާއެކު، ފަތުރުވެރިން ބަލަން އަންނަވަރުގެ ފުޓްބޯޅަ މެޗެއް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޢީދުގައި ރާއްޖޭގައި ބާއްވާނެކަމަށް ފަތުރުވެރި ކަމާ ބެހޭ ވަޒީރު ހާމަކުރައްވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އެންމެ ފަހު ޙަރަކާތް ކަމުގައިވާ ގާލާ ނައިޓްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ވަޒީރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭން ނުފެންނަ މަންޒަރުތައް ގެންނެސް ދެއްވާނެ ކަމަށް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވިދާޅުވެފައިވާނެކަމުގައެވެ.

ފަތުރުވެރިން ބަލަން އަންނަވަރު ފުޓްބޯޅަ މެޗަކަށް އެމެޗް ވާނީ ވޯލްޑް ކަޕާއި ޕްރިމިއަރލީގާއި ސްޕެނިސް ލީގްފަދަ ލީގްތަކުގައި ކުޅެފައިވާ ކުރީގެ ކުޅުންތެރިނާއި އެކު ރާއްޖޭގެ ޤައުމީޓީމް ކުޅޭނެ މެޗަކަށް ވާތީކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުވެސް ފަތުރުވެރިކަމުހެގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ފުޓުބޯޅަ ފިއެސްޓާއެއް ވަނީ ބާއްވައިފައެވެ. އަދި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ސްޕްއިންނެ ކުރީގެ ކުޅުންތެރިއަކު ވެސް ވަނީ ގެނެސްފައެވެ.

އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޢީދުވެސް ބާއްވަނީ މިއަހަރު ބޭއްވި ގޮތަށް ސެޕްޓެ27 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރ ތިނަކަށް ކަމަށް މިނިސްޓަ ވިދާޅުވިއެވެ. އަދި އަންނަ އަހަރުން ފެށިގެން އޮކްޓޫބަރ ތިނެއް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހަށްކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއީ ރާއްޖެއަށް އެންމެ ފުރަތަމފަތުރުވެރިން ގެނެވުނުދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.