ދީނީ ޢިލްމްވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިކަން އެކިމިންވަރަށް އެނގި، އެކަން ސިއްރުކުރުމުގެ ތުޙުމަތުގައި، ދިނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ހިމެނޭ ގޮތަށް 36 މީހަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުންގެ އަޣްލަބިއްޔަތުން މިއަދު ފާސްކޮށްފިއެވެ. 10 މެންބަރަކު އެ ރިޕޯޓާ ދެކޮޅަށް ވޯޓް ދެއްވި އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިގޮތާ ބެހޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލެއްވި ރިޕޯރޓް ދިރާސާކުރެއްވުމަށްފަހު، 241 ކޮމެޓީން އެކުލަވާލެއްވި ރިޕޯރޓްގައި 11 ރެކޮމެންޑޭޝަނެއް ހިމެނެއެވެ.
ޖަރީމާގައި އެކިމިންވަރަށް އެކިގޮތްތަށް ބައިވެރިވެފަފައިވާ ކަމަށް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު އުޅެމުންދާ ތަންތަނާއި ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމެޓީންއަށް ހޯދުންވެސް ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ހިމެނެއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައާ ގުޅިގެންނާއި ޙައްދުފަހަނަޅައިފައިވާ ފިކުރުގެ ޙަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކުން ހިންގާފައިވާ ފައިސާގެ އެންމެހާ މުޢާމަލާތްތަކާބެހޭ ތަފްޞީލް އެމްއެމްއޭ މެދުވެރިކޮށް 241 ކޮމެޓީންއަށް ހޯދުންވެސް ހިމެނެއެވެ. އަދި އެ މުޢާމާމަލާތުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އެމަޢުލޫމާތު ޙިއްޞާ ކުރުންވެސް 241 ކޮމެޓީގެ ރެކޮމެންޑޭ ޝަންތަކުގެ ތެރޭގައި ހިމެނެއެވެ. ޖަމީޢަތުއްސަލަފުން 2012 ން 2018 އަށް ހިންގާފައިވާ ފައިސާގެ އެންމެހާ މުޢާމަލާތްތަކާބެހޭ ތަފްސީލާއި އަދި އަހަރީ ހިސާބު އެނގޭނެ ރިޕޯރޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން 241 ކޮމެޓީއަށް ހޯދުން ވެސް ހިމެނެއެވެ.
ޑރ އަފްރާޝީމްގެ އަވަހާރަކޮށްލުމުގެ މައްސަލައިގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ މެދު ލަސްނުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުން ވެސް ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ. ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލިސްޓްގައި ހަތަރު ޖަމާޢަތެއް ފާހަގަ ކޮށްފައިވާއިރު އެންމެ ކުރީގައި ވަނީ ޖަމީޢަތުއްސަލަފެވެ. ދެން ހިމެނެނީ މިހާރު ބައިތަކަކަށް ބެހިފައިވާ ރާއްޖޭގައި ހިންގާ އަލްޤައިދާގެ ޖަމާޢަތާއި އިސްލާމިކް ސްޓޭޓަށް ބައިޢަތުހިފައިވާ ޖަމާޢަތާއި ސިރިޔާ އާއި އިރާޤުގައި ޙަރަކާތްތެރިވާ ޖަބުޙަތުއްނުސްރާއަށް ވާޤިވެރިވާ އަލްޤައިދާގެ ޖަމާޢަތެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައިގެ ރިޕޯރޓްގައި އެޖަރިމާއާ ގުޅިގެން ފައިސާ ބަދަލުކުރި ފަރާތްތައްކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓްގައި 12 ފަރާތެއް ހިމެނެއެވެ. ނަމަވެސް ފައިސާގެ މުޢާމަލާތްތައްހިންގިކަމަށް ތުޙުމަތުކުރެވޭ ހައްދުފަހަނައިޅައިފައިވާ ޖަމާޢަތައް ފިޔަވައި އެހެން ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތަކާމެދު 241 ކޮމެޓީގެ ވަކި ޚާއްޞް ރެކޮމެންޑޭޝަނެއް ކޮމެޓީގެ ރިޕޯރޓްގައި ފާހަގަކުރައްވައިފައެއް ނުވެއެވެ.
އެކޮމެޓީގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާގައި ޖިނާޢީކުށް ހިންގައިގެން ފިޔަވަޅު އަޅަންޖެހޭ މީހުންގެ ނަންތައް ވެސް ވަނީ ބަޔާންކުރައްވައިފައެވެ. އޭގެތެރޭގައި އެމްޑީޕީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ހ. ހިކޯސްޓްޢަލީ ޝާން (ސަޓޯ) އިތުރުން ޑރ އަފްރާޝީމް އަވަހަރާކޮށްލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ޙުޞައިން ޙުމާމާއި އެޖަރީމާ ހިންގިއިރު ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖާ ވެސް ހިމެނެއެވެ. އަދި ޖަރީމާ ހިންގި ވަގުތު ހ. ފުންވިލުގެއާއި މާދުރުނޫން ހިސާބެއްގައިހުރި ކްރަސްޓީސް ރެސްޓޯރެންޓްގައި ތިބި، ޖަރީމާ ހިންގުމުގައި ބައިވެރިވިކަމަށް ތުޙުމަތުކުރެވޭ ފަރާތަކާއި އަދި އެޖަރީމާ ހިންގިރޭ ފުންވިލުގޭ ސިޑިމަތީގައި ޙަރަކާތްތެރިވި މީހުންނާމެދުވެސް ޤާނޫނީ ގޮތުން ފިޔަވަޅުއެޅުމަށް ވަނީ ރެކޮމެންޑް ކޮށްފައެވެ.
މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނީވެސް ބަޔަކު ވޯޓުދީގެންނެވެ. ބަދަލު ހިފުމުގެ ގޮތުން ފުރަތަމަ ދުއްވާލީ މިނިވަން މުވައްސަސާތަކުގެ ވެރިންނެވެ. ދެން ގާޒީންނެވެ. މިހާރު ޢިލްމްވެރިންނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި ތިބި ރީނދޫ ފިކުރައް ތާއީދު ނުކުރާ އެންމެންވެސް ދުއްވާލިއެވެ. ހަނދާން ކުރައްވާށެވެ. މި ހުރިހާ ފަރާތްތަކެއްގެ ޢާއިލާއަކާއި ރައްޓެހިންތަކެއްވެސް ތިބޭނެއެވެ. ގިނަ ބައެއްގެ ބަދު ދުޢާ ލިބެމުންދާނަމަ ކިތަންމެ ބާރާއި ނުފޫޒު ލިބިފައިވިއަސް ތިޔަ އާރާއި ބާރު ނިމުމަށް އިރާދަކުރައްވަފާނެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލާށެވެ.