"ގްލާސް" ރިޕޯޓް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ދިވެހިރާއްޖޭގެ 2016 ވަނަ އަހަރުގެ ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ (ގްލާސް) ރިޕޯޓް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.  މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ޑަބްލިޔު.އެޗް.އޯ ގެ ފަރާތުން މި ބައްދލުވުން ޝަރަފުވެރިކޮށްދެއްވީ ޑަބްލިޔު.އެޗް.އޯ ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިގް މާތުރެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ އަކީ އ.ދ އާއި ޑަބްލިޔު.އެޗް.އޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ ޕްރޮގްރާމްގެ މަޤްސަދަކީ މި ދާއިރާއިން ސިޔާސަތު ކަނޑުއަޅުއްވާ ފަރާތްތަކަށް ފެނާއި ނަރުދަމާ އަދި ސާފުތާހިރުކަމާ ގުޅޭގޮތުން ދާއިރާގެ އިންވެސްޓްމެންޓްތަކާއި ފެނާއި ނަރުދަމާގެ ތަފާސް ހިސާބުތައް އެއް ޕްލެޓްފޯރމަކުން ފޯރުކޮށްދީ އެކި ނިންމުންތަކަށް އެހީތެރިވެދޭނެ ޑޮކިއުމަންޓެއް ތައްޔާރުކޮށްދިނުމެވެ. މި މަޝްވަރާ ބައްދަލުވުމުގައި ކަމާގުޅޭ އެކި ދާއިރާތަކުން ބައިވެރިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.