ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ބަލަ ބަލަންޖެހޭ - މައުމޫން

ރައީސް މައުމޫނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިެގން "އަސްލު" ޖަލްސާގެނަމުގައި ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ދައުލަތުގެ މުދާ ބޭނުންކުރިކަމަށް ތުހުމަތުކުރައްވައި، އެމައްސަލަ ބަލަންޖެހޭކަމަށް ޕީޕީއެމްގެ ރައީސް، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވރފައިވަނީ "އަސްލު" ޖަލްސާއަކީ ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންގޮސްގެން ބޭއްވި ޖަލްސާއެއްކަމަށެވެ.

އަދި ދައުލަތުގެ މުޅި މުދަލާއި ވަސީލަތްތައް އެ ޖަލްސާ އަށް ބޭނުންކުރިކަމަށާ، އެ މައްސަލަ އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް މައުމޫނުވަނީ ގޮވާލައްވާފައެވެ.

މައުމޫނު ވިދާޅުވެފައިވަނީ މިފަދަކަންކަމުން ހާމަވެގެންމިދަނީ އެމަނިކުފާނު ރައީސް ޔާމީނަށް ކުރެއްވި ތާޢީދު ގެންދިޔަ ގެންދިއުމުގެ ސައްޙަކަންކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.