އަލިފާނުގެ ޙާދިސާ ތަޙުޤީޤު ކުރާއިރު ހުރިހާ އެންގަލް އަކުން ބަލާނެ: ފުލުހުން

ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ: އެ ޙާދިސާގައި ވަނީ ބޮޑެތި ގެއްލުންވެފައި

މިދިޔަ ހުކުރުދުވަހުގެރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ތަޙުޤީޤުގެ މަރުޙަލާ އަދި އޮތީ ވަރަށް ޅަފަތުގައި ކަމަށެވެ. އެހެން ކަމުން އެކަމާ ބެހޭ މަޢުލޫމާތު މިވަގުތު ނުދެވުނަސް މަޢުލޫމާތު ލިބޭ މިންވަރަކުން ޙިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާއަކީ ރާވައިގެން ދީފައިވާ ޓެރަރިސްޓު ޙަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރ އިބްރާހީމް މުއިއްޒު ކަމަށް ބެލެވޭ ބޭފުޅަކު ފޭސްބުކުގައި ވިދާޅުވެފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އިޒުމިއާ ވިދާޅުވީ "ތަޙުޤީޤު ކުރާއިރު ހުރިހާ އެންގަލްއަކުން ބަލާނެ" ކަމަށެވެ.

މިއީ ޓެރަރިސްޓު ޙަމަލާއެއް ކަމަށް މުއިއްޒު ވިދާޅުވުމުން ގިނަ މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ތަޙުޤީޤު ކުރުމަށް ގޮވާލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.