ހާލުގައި ޖެހުނު 13 ޢާއިލާއެއްގެ 83 މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ރޭގެ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު 13 އާޢިލާއެއްގެ 83 މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވައިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޙާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސަވައިފައި ވަނީ ކަލާފާން ސްކޫލުގައެވެ. ވަގުތީ ހިޔާގައި 443 މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވިއެވެ. ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެއްވައިފައިވާ ފަރާތްތަކަށް ބޭނުނާވާ ބޯފެނާއި ކާނާއާއި ގޮދަޑިއާއި ބާލީހާއި ބެޑްޝީޓްފަދަ ތަކެތިވެސް ފޯރުކޮށްދެވިފައިވާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިއެވެ. ވަގުތީ ހިޔާގައި ރަޖިސްޓްރީ ކުރުމަށްފަހު އެހެން ތަންތަނުގައި އުޅެމުންދާ މީހުންގެ ހާލުވެސް ބައްލަވަމުން ގެންދަވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ވިދާޅުވިއެވެ.

ހާލުގައު ޖެހުނު 59 ބިދޭސީއަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ވިދާޅުވިއެވެ. އެމީހުން ބައި ތިއްބައިފައިވަނީ ގަލޮޅުދަނޑުގެ ޔޫތު އެކޮމަޑޭޝަންގައެވެ. މީގެ އިތުރުން 60 ބިދޭސީން ވެރިފަރާތާ ޙަވާލު ކުރައްވައިފައިވާނެކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.