ޑްރްގް ރިހެބިލިޓޭޝަން ސެންޓަރ ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްކަށް ދެނީ

ޑްރްގް ރިހެބިލިޓޭޝަން ސެންޓްރ ހިނގުމުގެ ފުރުޞަތު އަމިއްލަ ފަރާތްކަށް ދެންވުމަށް ހަމަޖައްސަވައިފައިވާކަމަށް މިނިސްޓްރ އޮފަ ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ސިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ނެޝެނަލް ޑްރަގް އެޖެންސީން މިއަދު ކުރިއަށްގެންދާ އޮޕަންޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ޑްރްގް ރިހެބިލިޓޭޝަން ސެންޓްރ ހިނގުމުގެ ފުރުޞަތު އަމިއްލަ ފަރާތްކަށް ދެންވުމަށް ހަމަޖައްސަވައިފައިވަނީ ޑްރަގް މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި މުޖުމަޢުގެ ދައުރު ފުޅާކުރެއްވުމަށް ސަރުކާރުން މިހާރު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. މަސްތުވާތެކެތީގެ ވަބާގައި ޖެހިފައިވާ އެތައްސަތޭކަ މީހުން ފަރުވާ ހޯދުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުތުމަށް އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމިއްލަ ފަރާތްތަކުން ޑްރަޤް ރެހެބިލިޓޭޝަންތައް ހިންގުމަކީ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖްރިބާ ކުރަމުންދާ ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމުން ރައްކާތެރިކުރުމުގެ ގޮތުން، ޕްރިވެންޝަން މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރެވޭނީ އަމިއްލަ ފަރާތްތަކާއި މުޅި މުޖުތަމަޢު ޝާމިލްކޮށްގެން ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ޑަރަގްމައްސަލަ ހައްލުކުރުމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަޤީންކަން ސޯޝަލް ސާރވިސަސް މިނިސްޓަރ ސިދާތާ ދެއްވިއެވެ.

މިނިސްޓަރ ސިދާތާ ވިދާޅުވީ، މަސްތުވާ ތެކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެކަމުގެ އަސަރު ކުރަނީ އެކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ މީހުންގެ އާޢިލާތައްކަމަށެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މަސްތުވާތެކެތި ބޭނުންކޮށް ވިޔަފާރިކުރާ މީހުންގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ދިސާ ގޮތުންނާއި ނުސީދާ ގޮތުން ކޮންމެ މީހަކަށް ވެސް ފޯރުމެވެ.

"ދައުލަތުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި ތަޙްޤީޤީ، ތަންފީޒީ އަދި ސަރުޢީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެގެން ދިއުން ހިމެނޭ، އޭގެ ނަތީޖާ އަކީ އަސާސީ ޚިދުމަތައް ފާރުކޮށް ދިނުމުގައާއި ތަރައްޤީއަށް ކުރެވޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދިޔުން" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ފޮޓޯ: ރައީސް އޮފީސް 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.