ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި މަތީ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި 2 މަސްދުވަހުގެ މުއްދަތައް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 3 ސެޕްޓެމްބަރ 2019 އިން 31 އޮކްޓޯބަރ 2019 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި އޭ.ޑީ.އެސް.އެލް ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕެކޭޖްގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖައް ބަދަލުވެސް ކޮށްލެވޭނެއެވެ. 2 މަސް ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ދިރާގު ވެބްސައިޓްގެ މައިއެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެއްވޭނެއެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅުއްވައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް

ޒިޔާރަތްކުއްވައިގެން ޕެކޭޖްބަދަލު ކުރެއްވޭނެއެވެ. ޕޮމޯޝަ

ނާއި ބެހޭ އިތުރު މައުލޫމާ ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx

ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ދިރާގުގެ އެންމެ ބޮޑު އަމާޒެވެ. މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.