ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ދިރާގުން މިހާރު ލިބޭނެ

ސެމްސަންގް  ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ދިރާގު ވެބްސައިޓުން ފަސޭހަކަމާއެކު ގަންނަން ލިބޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ ރީތި ކުލަތަކާއިއެކު ފަތްޖަހާލެވޭގޮތަށް ފަރުމާކުރެވިފައިވާ މި ދެ ފޯނު ވެސް މިހާރު ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓެއްގެ ދަށުންވެސްގަނެވޭނެ ކަމަށެވެ.

ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭއިރު، ޒީ ފޯލްޑް4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ގެލެކްސީ ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ފަރާތްތަކަށް، 3 މަސްދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވެގެ 100ޖީބީ 6 މަސްދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

ސެމްސަންގް ގެ މި އައު ފޯނުތައް ގަނެލުމަށް https://bit.ly/3RDwdeF

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.