ކޮންމެ ހަފްތާޔަކު ދުބައީ ދަތުރެއް ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕްލޭނެއް ނަންގަވާ ކަސްޓަމަރުންނަށް އަމާޒުކޮށް މުޅިން ހިލޭ ކޮންމެ ހަފްތާޔަކު ނަސީބުވެރި ބޭފުޅަކަށް ފުރިހަމަ ދުބައީ ދަތުރު ޕެކޭޖެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

29 ނޮވެމްބަރ 2016 އިން 14 ޖަނަވަރީ 2017 ގެ ނިޔަލަށް ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަންގަވައިގެން މި އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.  މީގެ އިތުރުން މި މުއްދަތު ތެރޭގައި ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް 1 ޖީބީގެ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން 3 މަސް ދުވަހުގެ ޕޯސްޓްޕެއިޑް މަހުފީ އިން %25 ޑިސްކައުންޓް ވެސް ލިބިގެންދާނެއެވެ. ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބޭއްވޭ މި ޕްރޮމޯޝަންގައި އެންމެ ފަހު ހަފްތާގައި އަލަށް ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކުގެ އިތުރުން މިހާރު ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެވިގެންދާނެ އެވެ.

ދިރާގުން ހަދިޔާ ކުރާ މި ޚާއްޞަ ދުބައީ ދަތުރުގައި އެއަރޕޯޓް ޓްރާންސްފަރ އާ އެއްކޮށް ދެ މީހަކަށް ދެކޮޅު ޓިކެޓާއި 5 ދުވަހުގެ ހޮޓެލް ހުރުން ވެސް މުޅިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން 500 ޑޮލަރުގެ ޓްރެވަލް އެލަވަންސްވެސް ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު އަބޫ ދާބީ ސިޓީ ޓުއަރ، ޑެޒާޓް ސަފާރީ ޓުއަރ ގެ އިތުރުން ސިޓީ އެކްސްޕީރިއެންސް ޓުއަރ އަކީ ވެސް މި ދަތުރުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމެވެ.  

މި ޕްރޮމޯޝަނާއި ގުޅިގެން ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވިއެވެ. "ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ފުޅާ 3ޖީ / 4 ޖީ ނެޓްވޯރކްގައި އެއްމެފުރިހަމަ އަދި އެންމެ ހެޔޮ އަގު ލިބޭ ގޮތަށްފަރުމާކުރެވިފައިވާ ސްމާރޓް ޕޯސްޓްޕެއިޑް ޚިދުމަތް ހޯއްދަވައިގެން ނަސީބުވެރި 6 ފަރާތަކަށް ވަރަށް އަގުހުރި އިނާމެއް ދިރާގު ކަސްޓަމަރުންނަށް ލިބިގެން ދާނެ. އަދި މިމުއްދަތުގެ ތެރޭގައި ޕޯސްޓްޕެއިޑް ނަންގަވާ ކޮންމެ ކަސްޓަމަރަކަށްވެސް މުޅިންހިލޭ ޑޭޓާއާއި ވަރަށް ބޮޑެތި ޑިސްކައުންޓު ތަކެއް ވެސް ލިބިގެން ދާނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅުވާ ފަދަ އިނާމުތަކެއް ފޯރުކޮށްދިނުމަށް. އެގޮތުން ދުބައީއަކީ ގިނަ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު މަންޒިލެއް"

29 ނޮވެމްބަރ 2016 އިން 14 ޖަނަވަރީ 2017 ގެ ނިޔަލަށް، ޖުމްލަ 6 ހަފްތާ ވަންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބާއްވާ ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަ ޖައްސާފައިއެވެ. މި ޕްރޮމޯޝަން ކާމިޔާބު ކުރާ ފަރާތްތަކަށް 31 މާރޗް 2017 ގެ ކުރިން ދަތުރު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.