މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރިގެން ބޭއްވި ކްރިކެޓް މެޗު ރައީސް ބައްލަވާލައްވައިފި

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުޅުނު ޚާއްޞަ ކްރިކެޓް މެޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ކުޅިވަރު އެކުވެނި ދަނޑުގައި މިއަދު މެންދުރުފަހު 20 އޯވަރަށް ކުޅުނު މި މެޗުގައި ބައްދަކޮށްފައި ވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމަކާއި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމެކެވެ. މިއަދުގެ މެޗުން މޮޅުވި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ޙަވާލުކޮށް ދެއްވާފައެވެ.

މިމެޗުގެ ކުޅުން ބައްލަވާލެއްވުމަށް ރައީސް ސޯލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަޑައިގެންނެވިއެވެ. އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފްވެސް މެޗު ބައްލަވާލެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ.

(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް) 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.