'މުސާރަ އާއި އުޖޫރަ އާއި ގުޅޭ ގޮތުން ލަފާ ދޭ ބޯޑު' އެކުލަވާލައްވައިފި

ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހާ ދިމާާކޮށް 'މުސާރަ އާއި އުޖޫރަ އާ ގުޅޭގޮތުން ލަފާދޭ ބޯޑު' ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެކުލަވާލައްވައިފިއެވެ. މި ބޯޑު އެކުލަވާލެއްވިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޓުވިޓަރ އެކައުންޓުން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"މޭ ޑޭ އާ ދިމާކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި 'އިކޮނޮމިކް ޑިވެލޮޕްމަންްޓް' މިނިސްޓަރަށް ލަފާ ދެއްވުމަށް މުސާރަ އާއި އުޖޫރަ އާ ގުޅޭގޮތުން ލަފާދޭ ބޯޑު މިއަދު އެކުލަވާލުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ރައީސް ވިދާޅުވިއެވެ.  

އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑު އެކުލަވާލައްވާފައިވަނީ 5 މެންބަރުންގެ މައްޗަށެވެ. އެއީ ސިނާއަތް ތަމްސީލުކުރުމަށް 2 މެންބަރަކާއި އަދި މަސައްކަތްތެރީންގެ ތަމްސީލު ކުރުމަށް މަސައްކަތްތެރީންގެ ތެރެއިން ދެ މެންބަރަކާއި ސަރުކާާރުގެ ފަރާތުން 1 މެންބަރެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ކުރެއްވު ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.