އަޟްހާ ޢީދުގެ މުނާސަބަތާއި ގުޅުވަިއގެން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ހިތަދޫގައި

1440 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތާ ގުޅުވައިގެން އައްޑޫ ސިޓީ ހިތަދޫގައި އުފާ ފާޅުކުރުމުގެ ހަރަކާތްތަކެއް މިއަދު ހަވީރު ބާއްވައިފިއެވެ.

އައްޑޫ ފްރެންޑްސް ޖަމްޢީއްޔާ އިން އިންތިޒާމްކޮށްގެން ހިތަދޫގެ "މަނިކުފަންނު" ބަނދަރު ސަރަހައްދުގައި 3 އިވެންޓެއް ބޭއްވިއެވެ. އެއީ ކުލަމަޖާ ގެ ނަމުގައި ބޭއްވި ކުލަޖެހުމުގެ ހަރަކާތަކާއި އައްޑޫ ސިޓީ ފޭދޫ ސްކޫލް އާއި ގުޅިގެން ބޭއްވި ވޯޓަރ ޕާރކް އަދި އަދި ރޯވިން އެސޯސިއޭޝަން އާއި ގުޅިގެން ބޭއްވި ފަލިޖެހުމުގެ ހަރަކާތެވެ.

އައްޑޫ ފްރެންޑްސް ޖަމްޢީއްޔާގެ ފަރާތުން މައުލޫމާތު ދެމުން ހަސަން ހަބީބު ހާމަކުރި ގޮތުގައި މި އަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް އުފާ ފާޅުކުރުމުގެ މިހަރަކާތުގެ އިވެންޓް ތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން ހިތަދޫގެ ސްކޫލްތަކާ ގުޅިގެން މާދަމާ  "ހައްބޯރާހި ޕެރޭޑް" ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި އައްޑޫ ނޭޗަރ ޕާރކް އާއި އައްޑޫ ފްރެންޑްސް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އީދިގަލި ޓްރެޝަރ ހަންޓްގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ. ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ނޭޗަރ ޕާރކް ގައެވެ.

އައްޑޫ ފްރެންޑްސް ޖަމްޢީއްޔާ އިން އިންތިޒާމްކޮށްގެން ބާއްވާ އީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތުގެ އެންމެ ފަހުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހަބީބު ހާމަކުރެއްވި ގޮތުގައި އެދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ އައްޑޫ ފްރެންޑްސް އާއި ސްކީމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.