އައްޑޫ ސިޓީ ފޭދޫ މާލި ޕެރޭޑް

އަޟްޙާ ޢިދު ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ހިމެނޭ "މާލި ޕެރޭޑް" މިއަދު ހަވީރު ބާއްވައިފިއެވެ. މި ހަރަކާތުގައި ބައިވެރިވީ މީހުން ތިބީ ދިވެހި ހެދުމުގައެވެ.

ޢީދު ޕްރޮގްރާމަގައި ފުރަތަމަ އޮތީ އިއްޔެ ހެނދުނު ބޭއްވި ޢިދު ސައެވެ. ސައި ބާއްވަން ހަމަޖެހިފައި އޮތީ މަސްޖިދުލްއަމާން ކުރިމަތީގައި މަގުމަތީގައެވެ. އެހެންނަމަވެސް ވާރޭ ވެހޭތީ މި ހަރަކާތް ބޭއްވީ ފޭދޫ ސްކޫލުގައެވެ. އިއްޔެ ދެން އޮތީ ކުޑަކުދިންގެ ހަވީރާއި ފިރިހެނުންގެ ވޮލީ މެޗެވެ.

މިއަދު މި ބޭއްވި ޢިދު މާލީގެ ފަހުން އޮންނާނީ އަންހެނުންގެ ވޮލީ މެޗެވެ. މެޗު އޮންނާނީ މިރެއެވެ.

މާދަމާ އޮންނާނީ ބައިސްކަލު ރޭހާއި ބައިބަލާއާއި ވާދެމުމެވެ.

އޭގެ އަނެއް ދުވަހު އޮންނާނީ އިސް ރަށްވެހިންގެ ހަވީރެވެ.

ފަސްވަނަ ދުވަހު އޮންނާނީ ޒުންބާއެވެ. ހަމަވަނަ ދުވަހަކީ އެންމެ ފަހު ދުވަހެވެ. އެ ދުވަު އންނާނީ ބަށި މެޗެކެވެ.

 

ތިރީގައި މިވަނީ މިއަދު ބޭއްވި މާލި ޕެރޭޑުގެ ބައެއް ފޮޓޯއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.