ފަހުގެ ތާރީޚެއްގައި ޤައުމަށް ގެނެވުނު އެންމެ ބޮޑު އިންޤިލާބަކީ އާސަންދަ ޚިދުމަތް: ޝަރީފް

ފޮޓޯ: މރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ޤައުމަށް ގެނެވުނު އެންމެ ބޮޑު އިންޤިލާބަކީ ނުވަތަ މުޅި ނުޒާމަށް ގެނެވުނު އިޞްލާހަކީ އާސަންދަ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވަން ފެށުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް އީސްލާޙު ގަނަމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ޝަރީފް  ވިދާޅުވީ ރާއްޖޭގެ ދެވޭ ތަޢުލީމު ފިޔަވައި މިއަށްވުރެ ބޮޑު ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ތަން ފެނިވަޑައި ނުގަންނަވާ ކަމުގައެވެ.

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ސަބަބުން ބޭސް ސިޓީއަށް ސަލާންޖެހުން އޮތީ ނިމުމަކަށް އައިސްފައި ކަމަށް އޭނާ ފާގަފަ ކުރެއްވިއެވެ. އެއްސަރުކާރުން އަނެއް ސަރުކާރަށް ސިޔާސަތުތައް ނަގުލުވަމުންދާއިރު އެސިޔާސަތު ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވަރަށް މުހިންމު، ރައްޔިތުންނަށް އޭނގެ ނަފާ ސީދާ ގޮތުގައި އަދި ނުސީދާ ގޮތުގައި ވެސް ކުރާނެ ކަމެއް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

"ދުޅަހެޔޮ ޤައުމެއް އުފެއްދޭނީ ދުޅަހެޔޮ ޞިއްޙަތު ރަނގަޅު ރައްޔިތެއް ތިބެގެން. ރައްޔިތުން ދުޅަހެޔޮކަންމަތީގައި ތިބުމަށް ބޭނުންވާ އެއްކަމަކީ ޞިއްހީ ފަރުވާ ދިނުން. މިކަންކަން ވަކިތަފާތު ކުރުމެއްނެތި، މިކަމަށް އެދޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމު ވަފައި އޮތުމަކީ ވަރަށް ވެސް ބޭނުންތެރިކަމެއް." ޝަރީފް ވިދާޅުވިއެވެ.

ޤައުމެއްގެ އާމްދަނީވެސް އިތުރު ކުރެވޭނީ ޞިއްޙަތު ރަނގަޅު މަސައްކަތްތެރިން އުފެދިގެންކަން މަރަދޫ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. އެކަމަށްޓަކައިވެސް އާސަންދައިގެ ދައުރު ވަރަށްބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ވިހާވެސް ކުރުމަގަކުން ވީހާވެސް ފަސޭ އިން ރައްޔިތުނާ ގާތުން އާސަންދައިގެ ޚިދުމަތް  ދެއްވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.  

މިބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ ޤައުމު މިހާރު ހިންގަމުން ދަނީ ޓެކްސް ޕޭޔަރުން ނުވަތަ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން ކަމުގައެވެ. އެހެންކަމުން އާސަންދަ އަކީ ވައްކަންކުރަން އޮންނަ ބޮޑު ގޭޓަކަށް ވެގެން ނުވާނެކަމަށެވެ. ދުނިޔޭގެ އެހެން ތަނެއްގައި ރާއްޖޭގެ އާސަންދަ ނިޒާމް ފަދަ ގޮތަކަށް އޮންނަ ޞިއްޙީ ނިޒާމެއް އޮންނަކަން އެނގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ އެނިޒާމަށް ޖާބިރު ވަނީ ފާޑުވިދާޅުވެފައެވެ.

 ކުރީގެސަރުކާރުން ރަސްފަންނުގައި ހެދި 700 މީޓަރުގެ ދުވާ ޓްރެކަށް އާސަންދައިން 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީއަށް މަޢުލުމާތު ދެއްވަމުން އާސަންދަ ކުންފުނީން ވަނީ ވިދާޅުވެފައެވެ. އަދި ޞަދަޤާތު ފައުންޑޭޝަނުން ހިނގި ހިތާނީ ކޭމްޕަށް ވެސް އާސަންދައިން ޚަރަދު ކޮށްފައިވާކަން ވަނީ ހާމަކުރައްވައިފއެވެ.

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް އީސްލާޙު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ މިއްސަލައިގައި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިޤާނޫނަށް ހުށަހަޅައިފައިވާ އިސްލާޙަކީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމު ހިންގުން ހެލްތް މިނިސްރީން ނަގާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަ އަށް ޙަވާލުކޮށްފައި ވާތީ ޤާނޫނުގައި އެކަން ބަޔާން ކުރުމަށް ގެންނަ އިޞްލާހެކެވެ.  

1 ޚިޔާލު

  1. ފުންކޮށް ވިސްނާލައްވާ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ނަމުގައި ތިޔަށްވުރެ ކަރަޕްޝަން ބޮޑު ޚިދުމަތެއް އަދި ނުދެވޭ. ގައުމު ދަރާނީވެސް ތިކަމުން ނާޖާއިޒު ފައިދާ ނަގާ މީހުންގެ ސަބަބުން ކަމަށްވުމަކީ ދުރުކަމެއްނޫން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.