ޕީޕީއެމް އަތުލެވިދާނެ، އެކަމަކު ލިބޭނީ ތޮށިގަނޑު: ޢުމަރު ނަޞީރު

ރައީސް ޔާމީނަށް ޕީޕީއެމް އަތުލެއްވިދާނެ ކަމަށާއި، އެކަމަކު ލިބިވަޑައިގަންނަވާނީ ހަމައެކަނި ތޮށިގަނޑު ކަމަށް ޢުމަރު ނަޞީރު ވިދާޅު ވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ނަޞީރު ވިދާޅުވީ މީގެ ކުރިން ބަޔަކު ޑީއާރްޕީވެސް އަތުލި ކަމަށާއި، އެކަމަކު އެ އަތުލި ބަޔަކަށްވެސް ލިބުނީ ހަމައެކަނި ތޮށިގަނޑު ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވަމުން ޢުމަރު ވިދާޅުވީ މިހާރު ޔާމީން ފަހަތަށް ބައްލަވައިލައްވައިފި ނަމަ ސިޔާސީ ބަރުދަނެއް ހުރި އެއްވެސް ބޭފުޅަކު އެ މަނިކުފާނުގެ ފަހަތްޕުޅުން ފެނިވަޑައި ނުގަންނަވާނެ ކަމަށެވެ.

މިރޭ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަ ޖެހިފައެވެ. އެކަމަކު އެ ބައްދަލުވުމަށް ޢުމަރަށް ދަޢުވަތު ނާރުވާނެ ކަމަށް ނިހާން ވަނީ މިއަދު ވިދާޅުވެފައެވެ. މި ވާހަކަފުޅަށް ރައްދު ދެއްވައި ޢުމަރު ވިދާޅުވީ ދަޢުވަތު ދެއްވި ނަމަވެސް ވަޑައިނުގަންނަވާނެ ކަމުގައެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެއީ ބާތިލު ބައްދަލު ވުމަކަށް ވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.