ރައީސުލްޖުމުހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް ރަސްމީ ދަތުރުފުޅެއްގައި ސެސެލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފޯރް ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅަކެވެ. ރައީސް ފޯރްގެ ފަރާތްޕުޅުން މި ދަޢުވަތު ރައީސަށް އެރުއްވީ އެމަނިކުފާނުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި، ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއަރޒް ހިޒް އެކްސެލެންސީ މުޙައްމަދް އަފީފެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އެންމެ މަތީފެންވަރުގެ ބައްދަލުވުމުގެ އިތުރުން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެއެވެ.

ރައީސް ގެ ދަތުރުފުޅު އޮންނާނީ އަންނަ އޯގަސްޓުމަހުގެ ދެވަނަ ދުވަހުން ހަތަރުވަނަ ދުވަހަށެވެ.

(ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.